ޚަބަރު

ބޮރޯޑްކޮމްއަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަރވިއު ކުރުން މިމަހުގެ 24 އިން 26 އަށް


ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 15 ބޭފުޅުންނާއިކުރާ އިންޓަވިއު މިމަހުގެ 24އިން 26 ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީންވަނީ ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ފަރާތްތަކުގެ އަދަދަށްބަލައި 3 ދުވަހަށް ބަހާލައިގެން އިންޓަރވިއު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރޭގައި މީގެކުރިންވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވި ބައެއް ބޭފުޅުންގެ ނަންފުޅުތައް ހިމެނެއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް އައްޔަން ކުރެއްވުމަށް ކުރިމަތިލެއްގެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓް

  • 1- ޝިފްލާ އިބްރާހީމް
  • 2- އާމިނަތު އަމީނާ
  • 3- އާމިނަތު ނުޒުހާ
  • 4- ސައުދާ ސަލީމް
  • 5- މުހައްމަދު ފަޒީން
  • 6- ޒުބައިރު އަހުމަދު
  • 7- މޫސާ ރިލްވާން
  • 8- އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު
  • 9- ހުސައިން ފާއިޒް
  • 10- އިމްރާނާ ބިންތު އަބްދުﷲ
  • 11- އިސްމާއީލް ސާޖިދު
  • 12- އަހުމަދު ޚަލީލް
  • 13- މުހައްމަދު ރަޝީދު އަހުމަދު
  • 14- އަހުމަދު ފައިރޫޒް
  • 15- އައިޝަތު އަރީފާ

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނަންތަކެއް މަޖިލީހަށް ފޮނުއްވާފައިވަނީ ބްރޯޑްކާސިންގ ކޮމިޝަންގެ ނާއިބު ރައީސް ފާޠިމަތު ޒައިނާ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ.

މިމަޤާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި އެއްވެސް ބޭފުޅަކު ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަން ކުރުމަށް ނުފެންނަކަމަށް މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީން މިގޮތަށްނިންމުމާއި ގުޅިގެން އަލުން މިމަޤާމަށް ރައީސުލްޖުމްހޫރިއްޔަގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ.