ޚަބަރު

ޤާޟީ ޢަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ


ފެމިލީ ކޯޓްގެ ޤާޟީ ޢަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި އަބްދުﷲ ޤާޟީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވީނަމަވެސް އެއީ ކޮންމައްސަލައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ޤާޟީއާ ގުޅޭގޮތުން ސުލޫކީ މައްސަލައެއް ބެލުމަށްނިންމާފައިވާއިރު އޭނާވަނީ މީގެ ކުރިން ކްރިމިނަލް ކޯޓްގެ އިސް ޤާޟީކަންވެސް ކުރައްވާފައެވެ. ޝަރުއީ ދާއިރާގެ އެކި ކޯޓްތަކާއި، މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި ޤާޟީންނާއި، ފަނޑިޔާރުންގެ ތެރެއިން ސުލޫކީ އެކި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެގޮތުން މިހާރުވެސް ބައެއް ފަނޑިޔާރުންނާއި، ޤާޟީންގެ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުންދަނީ ބަލަމުންނެވެ.