ޚަބަރު

ހއ ގެ ޒުވާނުންނަށް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހިންގައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް އަމާޒު ކޮށް، ކޮންވޭ މޯލްޑިވްސްއާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަޑު ބޭނުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތި ލައްފާވައިވާ ޒުވާނުންނަށް އެކި ދާއިރާތަކުން މަޢުލޫމާތު ދެއްވުމަށް ހިންގުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ތިން ދާއިރާއަކުން މަޢުލޫމާތު ދެވުނެވެ. މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް ފޯރ ވޯކް ޕްލޭސް ސަކްސަސް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސްޓެޓެޖިކް ޕްލޭނިންގ، ސޯޝަލް އިސޫޒް، ރައިޓްސް، އެންޑް ރެސްޕޮންސިބިލިޓީޒް އެވެ.

އެއް ދުވަހުގެ މުއްދަތަށް ދިއްދޫގައި ހިންގި މި ވޯކްޝޮޕްގައި ހއ. 12 ރަށަކުން ޖުމްލަ 55 ޒުވާނުން ބައިވެރިވެފައި ވެއެވެ.