އއ މާޔާފުށި ކައިރިއަށް މިރޭ ފީނަން ފޭބި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 21:40 ހާއިރުގައި ކަަމަށެވެ.
މިހާދިސާގައި މަރުވެފައި ވަނީ، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އއ އަތޮޅު މާޔާފުށި ކައިރިއަށް ފީންނަ ފޭބި މީހަކު މިރޭ މަރުވެފައި ވާއިރު، އިއްޔެ އއ މަޑިވަރު ކައިރިއަށް ފީނަށް ފޭބި ޒުވާނަކުވެސް ވަނީ މަރުވެފައެވެ.
އިއްޔެގެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ޒުވާނެކެވެ.