ސިޔާސީ

"މުޅިލާމު ބްރޯއާއެކު" މިނަމުގައި ލ.އަތޮޅުގައި ބޭއްވި ސައިކަލުބުރު


ނައިބު ރައީސް ކަމަށް މިހާރުގެ ޓޫރިޒަމް މިިނިސްޓަރ އަހުމަދު އަދީބު ގެނައުމަށް ތާއިދުކޮށް، "މުޅި ލާމު ބްރޯއާއެކު" ގެ ނަމުގައި ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި، މިއަދު ހަވީރު ސައިކަލް ބުރެއް ބާއްވައިފިއެވެ. މި ސަައިކަލް ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ލ.އަތޮޅު ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި، އަދީބްއަށް ތާއިދުކުރާ ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ. މި ސައިކަލް ބުުރު ބާއްވާފައިވަނީ ކައްދޫއިން ފަށައިގެން، ގަމަށް ދިއުމަށްފަހު، ގަމުން ފެށިގެން ފޮނަދޫއަށެވެ. ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށެއުޅުމާއެކު، އަލަށް އަައްޔަން ކުރާ ނައިބު ރައީސްއަކީ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކަމަށް ސިފަވާގޮތަށް ވެރިކަން ކުރާ ޕީޕީއެމްގެ އިސް ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ.