ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ތަހުޤީގުކުރަނީ


ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު މިކަން ހިނގި ވަގުތު ރައީސުލްޖުމްހޫރިއްޔާ ކާރުކޮޅުގައި އިނީ ހަމައެކަނި ކާރުގެ ޑްރައިވަރެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނދުނު ރައީސްގެ ކާރުކޮޅު މަޖީދީމަގު ހީނާމާގެ ކައިރިންދަނިކޮށެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، މިކަން ތަޙްޤީގުކުރަމުންދާކަމަށެވެ.

ހެންވޭރު ހިމެނޭ ސަރަހައްދުން މިކަން ހިނގާފައިވާއިރު، އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަކާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.