ސިއްހަތު

ރާއްޖޭގެ 2 އަތޮޅުފިޔަވާ ހުރިހާ އަތޮޅަކަށް ސީއެންބިއުލާންސް


ރާއްޖޭގެ 2 އަތޮޅެއްފިޔަވާ އެހެން ހުރިހާ އަތޮޅަކަށް ސީ އެންބިއުލާންސް ފޮނުވާފައިވާނެކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.މިހާރު ސީ އެންބިއުލާންސް ނުފޮނުވި ވާ 2 އަތޮޅަކީ ލ އަތޮޅާއި ވ އަތޮޅުކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ސީ އެންބިއުލާންސްގެ ޙަރަދަށް ދައުލަތުގެ ބަޖެޓުން ގާތްގަޑަކަށް 37 މިލިޔަން ރުފިޔާ ޙަރަދު ކުރެވިފައިވާނެކަމަށް ހެލްތްމިނިސްޓަރ ވިދާޅުވެފައިވެއެވެ. ސީއެންބިއުލާންސްގެ އިތުރުން އެއްގަމު ދުއްވާ އެންބިއުލާންސް ހޯދުމާއި މިކަމަށް ކުރަންޖެހޭ ހަރަދަށް ދައުލަތުގެ ބަޖެޓުން ގާތްގަޑަކަށް 34 މިލިޔަން ރުފިޔާ ޙަރަދު ކުރެވިފައިވާނެކަަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެފައިވެއެވެ.މީގެ އިތުރުން އެންބިއުލާންސް ނުލިބި ހުރި އަތޮޅުތަކަށާއި އާބާދީ ބޮޑެތި ރަށްތަކަށް އެންބިއުލާންސް ހޯދުމަށް އޯޑަރ ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ބޮޑެތި ޙަރަދުތަކެއް ކުރެވެމުންދާކަމަށާއި، އެގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން މަރާމާތު ކުރުމާއި އިމާރާތް ބެލެހެއްޓުމުގެ އެކިއެކި މަސައްކަތައް ދައުލަތުގެ ބަޖެޓުން 191 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވާކަމަށެވެ. "މިހާތަނަށް ކޮންމެ މަހެއްގަ ގާތްގަޑަކަށް 12 މިލިޔަން ރުފިޔާ ދަނީ ދައުލަތުގެ ބަޖެޓުން ޙަރަދުވަމުން. މިއީ އައި.ޖީ.އެމް.އެޗާއި ވިލިމާލޭގެ ސިއްޙީ މަރުކަޒަށް ޙަރަދު ކުރެވޭބަޖެޓްނުލާ ކޮންމެ މަހެއްގައި ކުރެވޭ ޙަރަދު" މިނިސްޓަރ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީ ހުޅުވުމުގެ ވައުދުގެ ދަށުން މިހާރު ސަތޭކަ ތިރީސް ހަތަނެއްގައި ފާމަސީ ހުޅުވިވިފައިވާކަމަށާއި ފާމަސީ ގާއިމް ކުރެވިފައި ނެތް ރަށްތަކުގައި ވަރަށް އަވަހަށް ފާމަސީ ހުޅުވިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.