ވިޔަފާރި

އޮންލައިންކޮށް ޓެެކްސް ބަޔާން ހުށައަޅައި ފައިސާ ދެއްކުން


ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށައަޅައި ފައިސާ ދެއްކުން ލާޒިމްކޮށްފިއެވެ. 

މީރާއިން ބުނީ އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް
ޓެކްސް ބަޔާން ހުށައެޅުމާއި ފައިސާ ދެއްކުމުގެ ޤަވާއިދުގެ ދަށުން، ބޮޑެތި ޓެކްސް
ދައްކާ ފަރާތްތަކުން އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް މީރާ
ކަނެކްޓް މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކުމަށް ލާޒިމްކޮށްފައިވާކަމަށެވެ.

ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުންގެ ގޮތުގައި ކަނޑައަޅައިފައިވަނީ
އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކެވެ. މީރާއިން ބުނީ އެފަދަ ފަރާތްތަކުން އޮންލައިންކޮށް މީރާ
ކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށައަޅައި، މީރާ ކަނެކްޓް ނުވަތަ އެމްއާރް
ޓީޖީއެސް މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ އާމްދަނީގެ ބާވަތްތަކަކީ ޖީއެސްޓީ،
ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ކުންފުނި އަހަރީ ފީ އަދި
ވެހިކަލް ފީ ކަމަށެވެ.