ޚަބަރު

އެމްއެންޑީއެފުން ޤައުމީ ވީޑިއޯ ލަވަ ސީޑީއެއް ނެރެފި


މިނިވަން ފަންސާހާއި ގުޅުވައިގެން އެމްއެންޑީއެފުން ޤައުމީ
ވީޑިއޯ ލަވަ ސީޑީއެއް ނެރެފިއެވެ. ރޭ ޓީވީއެމްގައި އޮތް ޚާއްސަ ޕްރޮގްރާމެއްގައި
މިސީޑީ ނެރެދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާރޒުގެ ނައިބު އަހުމަދު ސަލީމްއެވެ.
މިޕްރޮގްރާމްގައި  ވާހަކަ ދައްކަވަމުން
ސަލީމް ވިދާޅުވީ، މި އަލްބަމްގައި ހިމެނޭ ތީމްލަވައަކީ މިނިވަން ފަންސާހުގެ މުޅި
އިވެންޓްގައި ބޭނުންކުރާނެ ތީމް ލަވަ ކަމަށެވެ.މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ
ބޭންޑް އަދި މިއުޒިކް ވިންގްގެ ބޭންޑް މާސްޓަރ، ލެފްޓިނެންޓް އިސްމާއީލް އަކްރަމް
ވިދާޅުވީ، މި އަލްބަމް ތައްޔާރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ޤައުމީ
ލަވަ ކިތަންމެ ގިނަޔަސް މިނިވަން ފަންސާސް އަންނައިރު މި ދުވަހަށް ހާއްސަކޮށް
ހަދާފައިވާ ލަވަތައް މަދުކަމަށް ފެންނާތީކަމަށެވެ. މިވީޑިއޯ ލަވަސީޑީގެ ހުރިހާ
މަސައްކަތެއްކޮށްފައިވާނީ އެމްއެންޑީއެފް ތެރޭގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.ފަސްލަވަ ހިމެނޭ މިއަލްބަމްގެ ލަވަތައް ކިޔާފައިވަނީ
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ. އޭގެ ތެރޭގައި ރާފިއަތު ރަމީޒާ، މާއިން،
މުހައްމަދު އަބްދުލްޣަނީ، އުނޫޝާ، އަހުމަދު އިބްރާހިމް އަދި ހުސެއިން އަލީގެ
އިތުރުން މޭޖަރ އާތިފު ހިމެނެއެވެ. މި އަލްބަމްގެ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުން
ޑައުންލޯޑް ކުރެވޭނެކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.