ޚަބަރު

ހަވީރު 4 ން ރޭގަނޑު 7 ށް ހިނގާފައި އުޅޭގޮތަށް ހަމަޖެއްސުން


މިއަދު
ހަވީރު 4 ން ރޭގަނޑު 7 ށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި
ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސަވައިފިއެވެ.





ޓްރާންސްޕޯޓް
އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން
މަނާ ގަޑީގައި ވެހިކަލް ދުއްވާ ފަރާތްތައް 750 ރުފިޔާއިން
ޖޫރިމަނާ ކުރާނެ ކަމަށެވެ. އެހެން
ނަމަވެސް ޚާއްސަ ހުއްދައެއް ދެވިފައިވާ ފަރާތްތަކަށް އެ ގަޑިތަކުގައި ވެހިކަލް
ދުއްވޭނެ ކަމަށް ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވިއެވެ.



"ސަލާމަތީ ބާރުތަކާއި އެމްބިއުލާންސްތަކަށް ހުއްދަދެވޭނެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުންކުރާ ސައިކަލްތަކަށްވެސް ހުއްދަ ދެވޭނެ. މީގެއިތުރުން ހައުސިންގ މިނިސްޓްރީން އެވަގުތުތަކުގައި ދުއްވުމަށް ހުއްދަ ދީފައިވާ އުޅަނދުތަކާއި، ޢާއްމު ދަތުރުތަކަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ކުރިއަށްގެންދާ ބަހުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ" ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވިއެވެ.



ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މިނިވަން 50ށް ތައްޔާރުވުމުގެ ޤައުމީ ބޮޑު މަސައްކަތް މިދުވަސް ކުރިއަށްދާތީ، އެމަސައްކަތުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އުޅަނދުތަކަށް ޚާއްސަ ހުއްދައެއް ދެއްވާފައިވާކަމަށެވެ.