ޚަބަރު

ޖަލުގައި "އައި ކޭމްޕް" ކުރިއަށްގެންގޮސްފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް ޚާއްޞަކޮށްގެން ދެ އައިކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ޖެނުއަރީ މަހު ފެށި ދެ “އައި ކޭމްޕް” މެދުވެރިކޮށް 88 ގައިދީންނަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ.

މި “އައި ކޭމްޕް”އަކީ ޤައިދީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ކޭމްޕެއްކަަމަށްވެސް ކަރެކްޝަންސްއިން މަޢުލޫމާތުދެއްވައެވެ. އަދި ޖަލުގައި ލޮލުގެ ފަރުވާއަށް ގިނަ އަދަދެއްގެ ގައިދީން އެދިފައިވުމުން، ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި މިފަދަ ކޭމްޕެއް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއްކަމަށްވެސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ. މި ދެ ކޭމްޕް ހިންގާފައިވަނީ 24 އަދި 31 ޖެނުއަރީ 2020 ގައެވެ.

އައިކެއަރ އާއި ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައި ކަމަށާއި، މިގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައިކަމަށް ކެރެކްޝަނަލް ސާރވިސްއިން ވިދާޅުވެއްވެ. އެގޮތުން ޖުމްލަ 69 ގައިދީންނަށް ވަނީ އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ކަރެކްޝަނަލް ސާރވިސްއިން އިން ވިދާޅުވީ، ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރިއަށް ކުރިއަށް ގެންދާނެކަމަށެވެ.