އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީން ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ތަމްރީނުގެ ފުރުޞަތުދިނުމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު ސޮއިކުރި މިއެއްބަސްވުމުގެ ދަށުން އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީން ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ޚާއްސަ ކޮށްގެން 200 ފުރުސަތުދިނުމަށް ވަނީ އެއްބަސްވެފައެވެ. މިއީ މިފަދަ އެއްބަސްވުމެއްގައި ޖޭއެސްސީގެ ފަރާތުން ސޮއިކުރި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގެ މަގްސަދަކީ ފަނޑިޔާރުންނަށް ތަފާތު ފަންނީ ފުރުސަތުތައް ފޯރުކޮށްދީ އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ފަންނީ އެއްބާރުލުން އިތުރަށް ވަރުގަދަކޮށް ދެގައުމު ގުޅިގެން ރިސާޗް ޕްރޮގްރާމްތައް ހިންގުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
އިންޑިއާގެ ބޯޕާލުގައި ހުންޔަ ޔޫޝަލުލް ޖުޑީޝަލް އެކަޑަމީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޖޭއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކޮމިޝަނުގެ ރައީސާ އަލްއުސްތާޛާ ޙިސާން ހުސައިނެވެ. އަދި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއެކަޑަމީގެ ޑިރެކްޓަރެވެ. މި އެއްބަސްވުމުގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތު ލިބިގެންދާނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ރައީސް ޙިސާން ޙުސައިން ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްކަމުގައެވެ. އަދި މިފަދަ ފުރުސަތެއް ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޖޭއެސްސީގެ ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.