ކުޅިވަރު

ބާސެލޯނާގެ ކުޅުމާމެދު އުފާކުރަން: ސެޓިއެން


ބާސެލޯނާއިނެ ރޭ ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސް އަތުން ފަހަތުން އަރައި 3-2އިން މޮޅުވި މެޗުގައި ދެއްކި ކުޅުމާމެދު އުފާކުރާ ކަމަށް ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖަހައިދިން ޑިފެންޑަރު ލެންގްލެޓަށް ރަތްކާޑު ދެއްކި މެޗާ ބެހޭ ގޮތުން ސެޓިއެން ބުނީ ޓިމުގެ ކުޅުން ހާއްސަކޮށް ފަހުހާފުގައި ވަރަށް ރަނގަޅު ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރިތަން ފަހުހާފުގައި ފެނިގެންދިޔަ ކަމަށާއި ނަމަވެސް އަދިވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ މިޑްފީލްޑަރުންނާއި ޑިފެންޑަރުން ނަމަވެސް ސެޓިއެން ބުނީ ޓީމުގައި ތިބި ސީނިއާ ދެ ފޯވަޑުން ކަމަށްވާ ކެޕްޓަން ލަޔޮނަލް މެސީ އާއި އެންޓޮއިން ގްރިއެޒްމަނަށް އިތުބާރުކުރާ ކަމަށެވެ.

މި މެޗުން މޮޅުވުމުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. މިއީ އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ ތިން ޕޮއިންޓް މަދު އަދަދެކެވެ. ރެއާލް ރޭ ވަނީ އޮސަސޫނާ އަތުން 4-1އިން މޮޅުވެފަ އެވެ. ލޫކާ ޖޮވިކް ލަނޑު ޖެހި މި މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ރަފޭލް ވަރާނޭ އަދި އިސްކޯ ވަނީ ގޯލު ޖަހާފަ އެވެ.