ޚަބަރު

ލަންކާގެ އިމާރާތަކުން ދިވެހި ކުއްޖަކު ވެއްޓިގެން ފަރުވާދެނީ


ސްރީލަންކާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކަށް އަނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެއޓި އަނިޔާވެފައިވަނީ 2 އަހަރާއި ބައިގެ ކުއްޖެކަށެވެ.

މިކަމާ ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ލިބިފައިނުވިނަމަވެސް މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފޮރިން މިނިސްޓްރީން ވަނީކަށަވަރު ކޮށްދީފައެވެ.

ފޮރިން މިނިސްޓްރީއިން ވިދާޅުވީ އެ ކުއްޖާގެ އާއިލާ ލަންކާގައި ދިރިއުޅޭ ކަމަށެވެ. އަދި އެ ކުއްޖާގެ ޢާއިލާއިން އެހީތެރިކަމަކަށް އެދިއްޖެނަމަ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެހީތެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާއަށް ލިބުނީ ކޮން އަނިޔާތަކެއް ކަމެއް އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް މިވަގުތު ލިބިފައި ނުވާކަމަށެވެ.