މާލޭގައި ހިނގި މާރާމާރީއެއްގައި އިންޑިއާ ދެމީހަކު އެކަކު އަނެކަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މާފަންނުގައި މިމާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 11:26 ހާއިރުގައި ކަމަށެވެ.
އަދި އިންޑިއާގެ ދެފިރިހެނުންގެ ދެމެދުގައި ހިނގި މާރާމާރީގައި އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން، ދެމީހުންވެސް ޒަޚަމްވެފައިވާ ކަމަށާއި، އެމީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާދެވެމުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މާރާމާރީގައި ދެމީހުންނަށް ލިބުނު ޒަޚަމް ތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި އެމީހުންގެ ހާލަތާއި ގުޅޭ ގޮތުން ފުލުހުންވެސް އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
މިމާރާމާރީގެ މައްސަލަ ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.