ކުޅިވަރު

މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި: ގާޑިއޯލާ


ކެޕްޓަން ލަޔޮނަލް މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމަށް ގާބޫލު ކުރާ ކަމަށާއި އަދި އެއީ އޭނާ އެންމެ އެދޭގޮތް ކަމަށް ވެސް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕޯޓިން ޑިރެކްޓަރު އަރިކް އަބިދާލްއާއާ މައްސަލަޖެހި މެސީ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވާން ފެށުމުންނެވެ.

ނަމަވެސް މެސީއަށް ބާސެލޯނާގައި ކޯޗުކޮށްދީ 14 ތަށި ހޯދައިދިން އެންމެ ކާމިޔާބު ކޯޗު ގާޑިއޯލާ ބުނީ އޭނާ ހުންނަ ޓީމަކަށް މެސީ ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަރެންގެ އެދުމަކީ އޭނާ ބާސެލޯނާގައި ކެރިއަރު ނިންމާލުން. އޭނާ ގެންނަން އަހަރެން މަސައްކަތް ނުކުރާނަން،" ގާޑިއޯލާ ބުންޏެވެ.

ނަމަވެސް މެންޗެސްޓާ ސިޓީގެ ވެރިންނަކީ ކޮންމެ ސީޒަނެއްގައި ވެސް މެސީ ގެނައުމަށް ޝައުގުވެރިވާ ބައެކެވެ. އަދި ސިޓީން މީގެ ކުރިން މެސީ ގަތުމަށް ބާސެލޯނާއިން ދޭ މުސާރައަށްވުރެ ތިން ގުނަ ބޮޑު މުސާރައެއް ވެސް ހުށަހަޅާފައިވާކަން އެކުލަބުން ވަނީ ކުރިން ވނީ ޔަގީންކޮށްދީފަ އެވެ.

ބާސެލޯޏާއާމެދު މެސީ ހިތްހަމަނުޖެހިފައިވަނީ އެ ޓީމަށް ފަހަކަށް އައިސް ގެންނަ ކުޅުންތެރިންގެ ފެންވަރު ނެތުމާއި ޓީމުގެ މެނޭޖްމަންޓްގެ މައްސަލަތަކާހުރެ އެވެ.