ސިއްހަތު

އުމްރާއިން އަންނަ މީހުންނަށް ހާއްސަ ޙާއްސަ ފުލޫ ކުލިނިކްތަކެއް


އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް އައި.ޖީ.އެމް.އެޗާއި، ހުޅުމާލޭ ހޮސްޕީޓަލްގައި ޙާއްސަ ފުލޫ ކުލިނިކްތަކެއް ޤާއިމްކޮށްފައި ހުންނާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.ފުލޫ ކުލިނިކާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ ރަޒާނާ ފާއިޒު ވިދާޅުވީ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައިވެސް ފްލޫ ކުލިނިކް ހުޅުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އުމުރާގެ އަޅުކަމަށްފަހު އުމުރާވެރިން އެނބުރި އަންނައިރު، ފެތުރިދާނެ ރޯގާތަކުން ރައްކާތެރިވުމުގެ ގޮތުން ހެލްތު މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ދުރާލާ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ.މިދުވަސްވަރު ފެތުރިދާނެ ރޯގާތަކުން ރައްކާތެރިވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި އުމުރާއިން އަންނަ މީހުންނަށް ޕޯޓް ހެލްތުން ބައްޔާގުޅޭ މައުލޫމަތު ދިނުމާއި، ހޮސްޕިޓަލްތަކުގައި މިބަލިތަކަށް ވާންޖެހޭ ތައްޔާރުތަކާއި، ފަރުވާދިނުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.މާލެއާއި އަތޮޅުތެރޭގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕަބުލިކް ހެލްތު ޔުނިޓްތަކުގެ ބޭފުޅުންނައް ބައްޔާގުޅޭ މައުލޫމާތާއި، ފަރުވާ ކުރާނެ ގޮތުގެ ތަމްރީން ދީފައިވާނެކަމަށް ހެލްތްމިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން އާންމުން ހޭލުންތެރިކުރުމަށް ވާންޖެހޭތައްޔާރީތައް ވަމުންދާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.ހައްޖާއި އުމުރާއާއި ގުޅިގެން ފެތުރޭ ރޯގާތަކާއި އަދި މާސްކޮރޯނާ ވައިރަސް ރޯގާއިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އުމުރާވެރިންނަށާއި އެބޭފުޅުންގެ އާއިލާތަކަށާއި އާމުންނަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފަވެއެވެ. އުމުރާއިން އެނބުރި ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސާ އަދި ނޭވާލަން އުނދަގޫވާފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ފުލޫ ކުލިނިކްތަކަށް ވަޑައިގެން ޑޮކްޓަރގެ ލަފާހޯދުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް  އެޗް.ޕީއޭއިއިން ވަނީ އިލްތިމާސްކޮށްފައެވެ.