ޚަބަރު

މާލޭގެ ޓްރެކް ސަރަޙައްދުގައި ޕާރކްނުކުރެވޭ ގޮތަށް ހަމަޖެއްސައިފި


މާލޭގެ ޓްރެކް ސަރަޙަދަށް މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޓްރެކާވީ ފަޅީގައި ޕާރކްނުކުރެވޭ ގޮތަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ މީހުންނަށް، ޚާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޓްރެކާވީ ފަޅީގައި ޕާރކްނުކުރެވޭ ގޮތަށް ހަދައި، އެސަރަޙައްދުގައި މާރކިންތައް މިހާރު ކުރަހާފައިވާ ކަމަށެވެ. އަދި ޓްރެކް ސަރަޙައްދު ބޭނުންކުރާ ފަރާތްތައް ރައްކާތެރިކަމާއެކު މަގުހުރަސް ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން، މާލޭގައި ކުރެހުނު އެންމެ ދިގު އަދި ބޮޑު ކަފިހިހުރަސް އެ ސަރަޙައްދުގައި ކުރަހާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ މީހުންނަށް ރީތި ފެނުން ފެންވެރޭނެ އިންތިޒާމުވެސް ސްޓެލްކޯއިން މިހާރު ވަނީ ހަމަޖައްސާފައެވެ.