ވިޔަފާރި

"ބްރައިޑް ޝޯވ ދުބާއީ"ގައި ރާއްޖެ އިޝްތިހާރުކުރަނީ


ހަނީމޫން ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަބޫދާބީގައި ކުރިއަށްދާ "ބްރައިޑް ޝޯވ ދުބާއީ"ގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ބްރައިޑް ޝޯވ ދުބާއީ"ގައި ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ބުނެއެވެ.

މި ފެއަރގައި އެމް.އެމް.ޕީ.އާރުސީއާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތަކުގެ މަންދޫބުންވެސް ވަނީ ބައިވެރިވެފައެވެ.

ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފެއަރއަކީ އަލަތު ކައިވެނި ކުރާ މީހުންނަށާއި ފެޝަނަށް ލޯބިކުރާ މީހުންނަށް އަމާޒުކޮށް ދުބާއީގައި ބާއްވާ ފެއާރއެކެވެ. މިއީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށް އެމްއެމްފީއާރުސީން ބުނެއެވެ. މިފެއަރގައި މިދިޔަ އަހަރު ވެސް 1000 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ 23000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ފެއަރގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ހަނީމޫންތަކާ ގުޅޭ މަންޒަރުތައް ދައްުކުވައިދޭ ގޮތަށެވެ. މީގެ އިތުރުން "ރޮމޭންޓިކް ސައިޑް އޮފް ލައިފް' ދައްކުވާދޭ ބްރޯޝާއެއް ވަނީ މިފެއަރއަށް ހާއްސަކޮށް ތައްޔާރުކުރެވިފައެވެ.

ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުންވެސް އެމްއެމްޕީއާރުސީން ވަނީ މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖައްސާފައެވެ.