ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްރަށް މިރޭ ގުޑުމެއް އަރައިފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްތަކުން ބިންގަނޑަށް ލޮޅުން އެރިކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިރިޕޯޓު ލިބުމާއި ގުޅިގެން ބެލި ބެލުމުން ހދ ހަނިމާދޫގައި ހުންނަ މޫސުމާއި ބެހޭ އޮފީހުގައި ބެހެއްޓިފައިވާ ބިންހެލުން މޮނީޓަރ ކުރާ މީޓަރަށް މިރޭގެ 1:47 ހާއިރު ބިންގަނޑަށް އެރި ލޮޅުމެއް ރެކޯޑު ކުރެވިފައިވާކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ.
އެއިދާރާއިން ވިދާޅުވީ، މި ގުޑުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ބުނެފައިވާ ގޮތުގައި ބިންގަނޑަށް އެރި ލޮޅުން ގިނަ ބަޔަކަށް ފާހަގަވެސް ކުރެވުންނެވެ.
މީގެ ކުރިންވެސް ހައްދުންމަތީގެ ބައެއް ރަށްރަށަށްވެސް މިފަދަ ގުޑުމެއް އިހްސާސްވެގެން ރިޕޯޓްކޮށްފައި ވެއެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބިންގަނޑަށް އެރި ލޮޅުމެއް ރެކޯޑް ކުރެވިފައިވާއިރު، ރާއްޖެ އާއި ކައިރި އެއްވެސް ހިސާބަކަށް މިރޭ އެވަގުތުގައި ބިންހެލުމެއް އައިކަމަކަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭގެ ބިންހެލުމާއި ގުޅޭ ރެކޯޑްތަކަކުން ނުދައްކައެވެ.