ޚަބަރު

ޢާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި


އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ. އާންމު ރައްޔިރުންގެ ޕާޓީ އުފެއްދުމުގެ ޙުއްދަ އިލެކްޝަންސްއިން ދެއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނަދޫގޭ އަޙްމަދު ޞަޢީދަށެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3000 މީހުންގެ ސޮއި ހުށަހެޅުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ ސޮއި ހުށަހެޅުމުންނެވެ. އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 10 ސިޔާސީ ޕާޓީއެކެވެ.

އެޕާޓީތަކަކަކީ:

  • އެމްޑީޕީ
  • ޕީޕީއެމް
  • ޖުމްހޫރީ ޕާޓީ
  • އެމްޑީއޭ
  • އަދާލަތު ޕާޓީ
  • ޕީއެންސީ
  • އެމްޓީޑީ
  • ޑީއާރުޕީ
  • އެމްއެސްއެލްޕީ
  • އެމް.އާރު.އެމް

މީގެ ތެރެއިން 54101 މެންބަރުންނާއެކު އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގައެވެ.