ކުޅިވަރު

ނޭމާ އަށް އަނިޔާވެއްޖެ


ޕީއެސްޖީގެ ފޯވަޑް ނޭމާ ސަންޓޯސް އަށް އަނިޔާވެ ސްކޮޑުން ބާކީކޮށްފި އެވެ.

އޭނާ އަށް އަނިޔާވީ 28 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީ ނިމުނުތާ އެންމެ 24 ގަޑިއިރު ތެރޭގަ އެވެ.

ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗުގެ ކުރިން އޭނާ އަކީ ފުރަތަމަ 11 ބުނާ ކޯޗެއް ނޫން ކަމަށާއި އެއީ މެޗަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އަދި އުފަންދުވަސް ފާހަގަ ކުރުމަށް ނޭމާ ބޭއްވި ޕާޓީއާމެދު މާބޮޑު މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ކުޅުންތެރިން ދިފާއު ކުރުމުގައި އޭނާ އަބަދުވެސް ދެމި ހުންނާނެ ކަމަށެވެ.

މި ޕާޓީއާއެކު ކޯޗު ޓުޗެލް ވަނީ ކުރިން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޕީއެސްޖީގެ ޒުވާން ފޯވަޑް ކޭލިއަން އެމްބާޕޭއާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް ޓުޗެލް ދޮގުކުރި އެވެ. އޭނާ ބުނީ ކުޅުންތެރިން ހިތްހަމަނުޖެހޭ ކަންކަމާއި ކޯޗު ހިތްހަމަނުޖެހޭ ކަންކަން ވެސް ދިމާވާނެ ކަމަށާއި ނަމަވެސް އެއީ މާބޮޑު މައްސަލައެއްނޫން ކަމަށެވެ.

އަދި މިފަދަ ކުދިކުދި ކަންކަން މީޑިޔާއިން ބޮޑުކޮށްލި ނަމަވެސް އެއީ ކުޅުންތެރިޔާ ކުލަބު ބަދަލު ކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ހެދިޔަ ނުދޭނެ ކަމަށް ވެސް ކޯޗު ބުންޏެވެ. އޭނާ މިހެން ބުނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން އެމްބާޕޭ މަސައްކަތް ކުރާތީ އެވެ.