ޚަބަރު

ރާއްޖޭގެ ފުރަތަމަ އީކޯ ސެންޓްރޯ ބ.މާޅޮހުގައި ހުޅުވައިފި


ރާއްޖޭގެ ރަށެއްގައި ހުޅުވި ފުރަތަމަ އީކޯ ސެންޓްރޯ ބ.މާޅޮހުގައިހުޅުވައިފިއެވެ.

މި ސެންޓްރޯ ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މާޅޮހުގައި ހުޅުވި އީކޯ ސެންޓްރޯ އަކީ، ތިމާވެއްޓާ ރައްޓެހިގޮތަށް ފަރުމާކޮށް ހިންގަމުންދާ ސޮނެވާފުށި ރިސޯޓްގެ އެހިތެރިކަމާއެކު ހުޅުވުނު ސެންޓަރެކެވެ.

މިރަސްމިއްޔާތުގައި މާޅޮހު ކައުންސިލްގެ ރައީސް ޢަބުދުﷲ ޝުޖާއު ވިދާޅުވީ، މާޅޮހުގައި މިކަން ކާމިޔާބު ކަމާއެކީ ކުރެވުނީ ކައުންސިލާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

މާޅޮހުގައި އުފެދޭ ހަލާކު ނުވާޒާތުގެ ކުނި ނައްތާލެވޭނެ ރަގަޅު ނިޒާމެއް އެތަނުގައި ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ނެޕީއާ ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުމާއި، ދަރުފަދަ ތަކެތި ބޭނުންކޮށްގެން، ޗާކޯލް ހެދޭނެ އެވެ. އަދި ބިއްލޫރިއާ ދަގަނޑު ކޮންޕެކްޓްކުރުމަށްފަހު ރާއްޖޭއިން ބޭރަށްފޮނުވުމުގެ އިންތިޒާމުވެސް އެތަނުގައި ވަނީ ހަމަޖައްސާފައެވެ.

މޫދަށްއަޅާ ކުނީގެ ސަބަބުން ރާއްޖޭގެ ނާޒުކުތިމާވެއްޓަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުރާ ކަމަށާއި އެ ކަންކަމުން ދުރުވުމަށް ބޭނުންވަނީ ހިތްވަރެއްކަމަށް ސުޖާއު ވިދާޅުވިއެވެ.

މި ސެންޓްރޯ ހަދާފައިވަނީ ސޮނެފާފުށި ރިސޯޓާއި މާޅޮސް ކައުންސިލުން ހަރަދުކޮށްގެނެވެ.