ކުޅިވަރު

ޗެކް ޓީމަށް ހޭނެން މާގިނަ ވަގުތެއް ނުނެގި - ވެންގާ


ޕީޓާ ޗެކާއިިއެކު ކުރިއަށް އޮތް ސީޒަނަށް އާސެނަލް ނިކުންނާނީ އާ
އުއްމީދު ތަކަކާއިއެކުކަަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ. ސިންގަޕޫރުގައި ޕްރީ ސީޒަން ތަމްރީތައް ހަދަމުންދާ އާސެނަލްގެ ކޯޗް އާސެން ވެންގާ
ބުނީ ޓީމާއި އަލަށް ގުޅުނު ޕީޓާރ ޗެކްގެ ފަރާތުން އެއްވެސް ވަރަކަށް އާކަމެއް
ފެނިގެންނުދާކަމަށާއި، ޓީމަށް ހޭނެން ޗެކަށް މާގިނަ ދުވަހެއް ނުނެގިކަމަށެވެ. އަދި
ޗެކާއެކު އަންނަ އަހަރު ޓީމް ނިކުންނަނީ އާ އުއްމީދުތަކަކާއިއެކުކަމަށް ވެންގާ
ބުންޏެވެ.

"ޕީޓާރ ޗެކަކީ ލާމަސީލު ކުޅުންތެރިއެއް. އޭނާ ޓީމަށް ހޭނެން ދެ ދުވަސްވެސް ނުނަގާ. ޗެކް ކަހަލަ ކުޅުންތެރިއަކާއިއެކު ލީގު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދުތައް އާވެއްޖެ" ވެންގާ ބުންޏެވެ.

ސީޒަންގެ ފުރަތަމަ މެޗުތަކާއި ކުރިމަތި ލާއިރު ފޯވާޑް އެލެކްސިސް ސަންޗޭޒް
ޓީމާއިއެކު ނުހުންނާނެކަމަށްވެސް ވެންގާ ބުންޏެވެ. މިދިޔަ ސީޒަންގައި އާސެނަލްގެ އެންމެ
މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސަންޗޭޒް ޗުއްޓީއަށްފަހު އެނބުރި ޓީމާ
ގުޅޭނެކަމަށް ބެލެވެނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ. އެހެން ނަމަވެސް ސަންޗޭޒަށް
ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ނުކުޅެވޭނެކަމަށް ވެންގާ
ބުންޏެވެ. "ޗުއްޓީއަށްފަހު ސަންޗޭޒް ޓީމާއި ގުޅޭނީ އޮގަސްޓް 3ގައެވެ. 

" ހަަމަ ޔަގީނުންވެސް ސީޒަންގެ ފުރަތަމަ މެޗް ސަންޗޭޒަށް ގެއްލޭނެ. އެކަމަކު އޭނާ ނެތްތަން ދެންތިބި ކުޅުންތެރިން ފުބައްދާނެކަން ޔަގީން" ވެންގާ ބުންޏެވެ.

 ޕްރީ ސީޒަންގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި ސިންގަޕޫރުގެ އޯލް ސްޓާރ
ޓީމަކާއި ދެކޮޅަށް މިރޭ އާސެނަލް ނިކުންނާނެއެވެ.