އަތޮޅުތައް

5 ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފި


ފެނަކަ
ކޯރޕަރޭޝަނުން އަތޮޅުތެރޭގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި 5
ރަށަކަށް ފޮނުވުމަށް ޕެނަލްތައް ގެނެސްފިއެވެ.ފެނަކަ ކޯރޕަރޭޝަނުން ބުނީ 6.1 މިލިއަން ރުފިޔާގެ މި ތަކެތި
ފޮނުވުމަށް ހަމަޖެހިފައިވަނީ ފ. ބިލަތްދޫއާއި ތ. ދިޔަމިގިލި އާއި ގާދިއްފުށީގެ
އިތުރުން ލ މާވަށާއި އައްޑޫސިޓީއަށްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެރަށްރަށަށް
ފޮނުވުމަށް ހަމަޖެހިފައިވާ ޕެނަލްތަކާއި އެއާއި ގުޅުންހުރި ތަކެއްޗާއި އައްޑޫ
ސިޓީގައި ސޭލް ސެންޓަރެއްގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ ތަކެތިކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ފައިސާ ދައްކައިގެން ކަރަންޓްލުމަށް ބޭނުންވާ ތަކެތި
އެ ސެންޓަރުން ލިބޭނެކަމަށާއި މީގެ ތެރޭގައި ދޭއްޕޮއިންޓް ތިން މިލިއަން ރުފިޔާގެ
މުދާ ހިމެނޭކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.ފެނަކަ
ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓާރ މުޙައްމަދު ނިމާލު ވިދާޅުވީ މިއަހަރު
އެކުންފުނިން ބޮޑަށް އަމާޒުކޮށްފައިވަނީ ރަށްރަށުގެ ޑިސްޓިރިބިއުޝަން ނެޓްވޯރކް
ތަރައްގީކުރުމަށްކަމަށެވެ. އަދި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓްލުމަށާއި
އިންޖީނުގޭ ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް އިންޖީނުގޭ ސަބަބުން ސިއްޙީ
މައްސަލަތައް ކުރިމަތިވާތީ 10 ރަށެއްގެ އިންޖީނުގެ ރީ ލޮކޭޓްކުރުމުގެ މަސައްކަތް
ކުރަމުންއަންނަކަމަށް އޭނާ ވިދާޅުވިއެވެ.ފެނަކަ ކޯރޕަރޭޝަނުން ބުނީ މި ޕެނަލްތައް ދެތިން
ދުވަސްތެރޭގައި އެ ރަށްރަށަށް ފޯރުކޮށްދެވޭނެކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި
މި ތަކެތި އިންސްޓޯލްކުރެވި ޚިދުމަތް ދޭން ފެށޭނެކަމަށެވެ. މި ރަމްޟާންމަހު އެއްވެސް
ރަށަކުން ކަރަންޓް ކެނޑުނުކަމުގެ މަޢުލޫމަތު ލިބިފައިނުވާކަން އެ ކޯރޕަރޭޝަނުން
ފާހަގަކުރެއެވެ.