ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 77 މައްސަލައެއް ކްރިމިނަލް ކޯޓުގައި


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި އެކި މީސްމީހުންގެ މައްޗަށް އުފުލާފައިވާ 77 މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް އެބަ އޮތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފި އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހައިކޯޓަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން ދަށު ކޯޓުން ނިންމާފައިވާ 40 މައްސަލައެއް އެ ކޯޓަށް ހުށައަޅާފައިވެ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ކޯޓުތަކާއެކު މަޝްވަރާ ކޮށްފައި އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކޯޓަށް މައްސަލަތައް ހުށައަޅާތާ ހަ މަސްދުވަސް ތެރޭގައި ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަނީ ކޯޓުތަކަށް އަންގާފައި އެވެ.