ގެއެއްގެ ބެލްކަނީ ވެއްޓި އަނިޔާވި ދެ ބިދޭސީއަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހެންވޭރު ވައިޖެހޭމަގުގައި ހުރި އިމާރާތެއް ބެލްކަނީ ވެއްޓި އަނިޔާވި ދެ ބިދޭސީނަށް އެޑީކޭގައި ފަރުވާ ދެމުން އަންކަމަށެވެ. އެހެންނަމަވެސް މި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފއި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:11 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.