ދުނިޔެ

ތެލުގެ އަގު އިތުރަށް ދަށަށްދާނެކަމުގެ ބިރު އެބައޮތް- ޕޫޓިން


އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވި ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދިގުމުއްދަތަކަށް އިތުރަށް ދަށަށްދާނެކަމުގެ ބިރު އެބައޮތް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިއްޔެ ސޮއިކުރި  ނިއުކްލިޔަރ އެއްބަސްވުމަށް މަރްޙަބާ ވިދާޅުވަމުން ޕޫޓިން ވިދާޅުވީ މިއީ ރަނގަނޅު އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިއެއްބަސްވުމާ ގުޅިގެން ދިގުމުއްދަތަކަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ދަށަށްދާނެކަމުގެ ބިރުއޮތުމަކީ ރަޝިޔާގެ އިގްތިސާދަށް މައްސަލައެއްކަމަށެވެ. ރަޝިޔާގެ އިގްތިސާދުގެ ބޮޑުބައެއް ހިއްސާކުރަނީ ތެލާއި ގުދްރަތީ ގޭހުން ލިބޭ އާމްދަނީގެ މައްޗަށެވެ.އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވި ނިއުކްލިޔަރ އެއްބަސްވުމާއެކު އީރާނުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު ދެގުނައަށް އިތުރުވެގެންދާނެކަމަށް ބެލެވޭތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް އިތުރަށް ދަށަށްދާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ.