ވިޔަފާރި

އެންބީއޭއެމްގެ ބޯޓިންގ ޕްރިވިލެޖް ޕާޓްނަރަކަށް އަލްޝާލީ މެރީން


ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންބީއޭއެމްގެ ބޯޓިންގ ޕްރިވިލެޖް ޕާޓްނަރަކަށް އަލްޝާލީ މެރީން މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އަލްޝާލީ މެރީން މޯލްޑިވްސްއާއެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން އެންބީއޭއެމްގެ މެމްބަރު ކުންފުނިތަކަށް އޮޑިފަހަރު މަރާމާތުކުރުމަށް އަލްޝާލީ މެރީންއިން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްއަކީ އަލްޝާލީ މެރިން ދުބާއީ އަދި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއި ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ކުންފުޏްޏެކެވެ. މިއީ އޮޑިދޯނިފަހަރާއި ލޯންޗުފަހަރު ފަދަ އުޅަނދުތައް އުފެއްދުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ކުރިއެރުވުމަށް 2007 ވަނަ އަހަރު 'ލިވަރބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް'ގެ ނަމުގައި އުފެއްދި ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާއިން ދަނީ ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އޭގެތެރޭގައި ކޮންމެ އަހަރަކު ވެސް މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އެންބީއޭއެމްއިން ބާއްވާ ބޯޓިންގ އެވޯޑްސް ހިމެނެއެވެ.