ޚަބަރު

މާލީ ބަޔާން ތައްޔާރު ކުރުމާގުޅޭ އޮންލައިން ޓްރެއިނިން ޕްރޮގްރާމެއް ލޯންޗް ކޮށްފި


ރަށްރަށުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ އޮންލައިން ޓްރެއިނިން ޕްރޮގްރާމެއް އޮޑިޓް އޮފީހުގެ ފަރާތުން މިއަދު ލޯންޗް ކޮށްފިއެވެ. މިޕްރޮގްރާމް އަކީ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރާ މުއައްޒަފުންނަށް އޮންލައިންކޮށް ކޮންމެ ވަގުތަކުވެސް ބޭނުންކުރެވޭނެ ޕްރޮގްރާމެކެވެ.

އޮޑިޓް އޮފީހުގެ ފަރާތުން އުތުރުގެ ތިން އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކައުންސިލް ތަކުގެ މާލީ ބަޔާން ތައްޔާރުކުމަށް ބޭނުންވާ ޓްރޭނިން ޕްރޮގްރާމްގައި މި އޮންލައިން ޕްރޮގްރާމް ލޯންޗް ކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރ އަލީ ނިޔާޒުއެވެ.

ދެދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހެދުނުއެވެ، ހއ، ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން 67 ފަރާތަކުން މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ އޮޑިޓް އޮފީހުގެ ބޭފުޅުންނެވެ.