ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ތުރާކުނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދީފި


ހއ.ތުރާކުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ތުރާކުނު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަންޖެހޭ ސަބަބުތަކާއި، އެއްޤައުމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ބެހޭގޮތުންވަނީ މަޢުލޫމާތު ދީފައެވެ. މީގެއިތުރުން އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ޕޮލިހުންވަނީ ނަސޭހަތްތެރިވެފައިވެއެވެ.

ތުރާކުނު ސްކޫލާއި ހއ.ހޯރަފުށީ ޕޮލިސް ސްޓޭޝަން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަންގައި އެސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

އަދި މީގެ އެހެން ސެޝަންތަކެއް މިއަތޮޅުގެ އެހެން ސުކޫލް ތަކުގައިވެސް ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވާކަމަށް ހއ.ހޯރަފުށީ ޕޮލިސް ސްޓޭޝަން އިން ވަނީ މައުލޫމާތު ދީފައެވެ.