ޚަބަރު

ބައްޕައަކު ޖިންސީ ގޯނާކުރާ ވާހަކަކިޔައިދޭ އޯޑިއޯއާގުޅިގެން އެމައްސަލަ ދަނީ ތަޙްޤީގުކުރަމުން - ފުލުހުން


ކުޑަކުއްޖަކަށް އޭނާގެ ބައްޕަ ޖިންސީ ގޯނާކުރި ވާހަކަތައް ކިޔައިދޭ އޯޑިއޯއާއި ގުޅިގެން އެމައްސަލަ ތަޙްގީގުކުރަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ލ.އަތޮޅަށް ނިސްބަތްވާ ރަށެއްގެ އެކުއްޖާ ވާހަކަކިޔައިދޭ އޯޑިއޯއިން އިވެނީ އެކުއްޖާގެ ބައްޕަ ރޯދަމަހެއްގައި މަސްތުގެ ހާލަތުގައި ހުރެ އޭނާއަށް ޖިންސީ ގޯނާކުރަން އުޅޭފަދަ ވާހަކަތަކެކެވެ.

12 އަހަރުގެ އެ އަންހެން ކުއްޖާއަށް އެކިފަހަރެއްމަތިން ޖިންސީގޯނާކޮށް އާއިލާގެ ބައެއް މީހުންނަށް މަރުގެ އިންޒާރުދިން މައްސަލާގައި މިދިޔަ ހަތްފާގައި ވިލިމާލޭގައި ވަނީ ބަޔަކު ނިކުމެ އެކުއްޖާގެ ބައްޕައަށް އަނިޔާކޮށް، ފުލުހުންނާ ހަވާލުކޮށްފައެވެ.

ބުރާސްފަތިދުވަހުގެރޭ ވިލިމާލެ ޕޮލިސް ސްޓޭޝަނަށް އެމީހާ ގެންދިޔަނަމަވެސް އޭނާ ދޫކޮށްލިކަމުގެ އަޑުި ފެތުރިފައިވަނިކޮސް ފުލުހުޔން މިއަދު ވިދާޅުވީ އޯޑިއޯގައި ވާހަކަދައްކާ ކުއްޖާގެ މައްސަލާގައިއ ަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ދެކުނުގެ ރަށެއްގައި ދެއަހަރުވެސް ނުވާ ތުއްުތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވުމާއި، ގުޅިގެން ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ ފުލުހުންނަށް ގިނަ މައްސަލަތަކެއް ދަނީ ހުށައަޅަމުންނެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމުކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާޚިލާފް ޢަމަލުތައް ހިންގަމުން އަންނަތީ އެފަދަ ކަންކަން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.