ޚަބަރު

ކެނަރީފް ރިސޯޓުގައި އިޓަލީ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ


އައްޑޫގައި އޮޕަރޭޓްކުރާ ކެނަރީފް ރިޒޯޓް ގައި އިޓަލީ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވަނީ ކެނަރީފް ރިސޯޓުގައި 62 އަހަރުގެ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތުލިބިފައިވާކަމަށެވެ. ފުލުހުން ބުނީ އީޓަލީއަށް ނިސްބަތްވާ އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

ކެނަރީފް ރިސޯޓުން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، ބ އަތޮޅުގައި ހިންގާ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު އިއްޔެވަނީ ގެނބިގެން މަރުވެފައެވެ.