ކުޅިވަރު

ބޮކާ ޖޫނިއާރސްގެ ކުޅުންތެރިއެއްގެ ގޮތުގައި ޓެވޭޒް ދައްކާލައިފި


ޔުވެންޓަސް ދޫކޮށް ބޮކާ ޖޫނިއާރސްއާއި ގުޅުނު ކާލޯސް
ޓެވޭޒް އެޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފިއެވެ. އިޓަލީގެ ޗެމްޕިއަންސް
ޔުވެންޓަސް ދޫކޮށް ޓެވޭޒް އާޖެންޓީނާގެ ބޮކާ ޖޫނިއާރސްއާއި ގުޅުނީ ހަޔެއް ޕޮއިންޓް
ފަހެއް މިލިއަން ޔޫރޯއަށެވެ.

އުމުރުން އެއްތިރީސް އަހަރުގެ ފޯވާޑ ބޮކާ ޖޫނިއާރސްގެ
ސަޕޯޓަރުންނާއި ވާހަކަދައްކަމުން ބުނީ އަމިއްލަ ގައުމަށް އެނބުރި އައުމަށް
އަބަދުވެސް ކެތްމަދުވެފައި ހުރިކަމަށާއި، މިދިޔަ ސީޒަންގައި ޔުވެންޓަސްގައި ޓެވޭޒް
ދެއްކި ކުޅުން އޭނާއަށް ތަކުރާރުކުރެވޭނެކަމަށެވެ. ދުނިޔޭގެ ބޮޑެތި ކްލަބްތަކުން
ޝައުގުވެރިކަން ފާޅުކުރިނަމަވެސް ބޮކާ ޖޫނިއާރސްއަށް ބަދަލްވާން ނިންމީ މި
ކްލަބްދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުންކަމަށް ޓެވޭޒް ބުންޏެވެ. 

"އަހަރެން އަބަދުވެސް އެންމެ ލޯބިވާ ކްލަބަކީ ބޮކާ ޖޫނިއާރސް. ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންވެސް އަހަރެއް ހޯދަން އުޅުނު. އެކަމަކު އަހަރެން ބޭނުންވީ އެނބުރި ގައުމަށް އަންނަން. މި ކްލަބްގައި އަހަރެން ކެރިއަރު ނިންމާލަން ބޭނުމީ" ޓެވޭޒް ބުންޏެވެ.

ޓެވޭޒް އޭނާގެ
ކެރިއަރު ފަށާފައިވަނީ ބޮކާ ޖޫނިއާރސްއިން. މިދިޔަ ސީޒަންގައި ޔުވެންޓަސްއިން އިޓަލިއަން
ސެރީއޭ އުފުލާލުމުގައާއި، ޔުވެންޓަސް ޔުއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް
ގެންގޮސްދިނުމުގައި ޓެވޭޒްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.