ވިޔަފާރި

ރ. އަލިފުށިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ


ރ. އަލިފުށިން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ހަމަޖައްސައިފިއެވެ.

އަލިފުށީ ކައުންސިލުން ވިދާޅުވީ، އަލިފުށީގެ ފަރުދުންނަށް ދަނޑުވެރިކަން ކުރުމަށްޓަކައި ވަގުތީ ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭފޯމް މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ. މިފޯމް ލިބެން ހުންނާނީ އަލިފުށި ކައުންސިލްގެ އިދާރާއިންނެވެ. އަލިފުށިން ދަނޑުވެރިކަން ކުރަން ބިން ދޫކުރަނީ އަލިފުށިގެ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

އަލިފުށިން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ބައެއް އެހެން ރަށްރަށުން ވެސް އަންނަނީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަމުންނެވެ. އެގޮތުން ދާދިފަހުން ގދ. ތިނަދޫ ސިނާއީ ސަރަހައްދުން ދަނޑުވެރިކަމުގެ މަސައްކަތަށް 8 ބިމެއް ދޫކުރަންވެސް އެރަށު ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.