ޚަބަރު

ސާދަ އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރިކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި


މެދުތެރޭ އަތޮޅެއްގެ ރަށެއްގައި 14 އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ހުށައެޅުނު މިމައްސަލާގައި ކުރިން 17 އަހަރުގެ ކުއްޖަކު ރޭޕްކުރިކަމަށް މައުލޫމާތު ހާމަކުރެވުނު ނަމަވެސް ފަހުން މި މައްސަލާގައި ހިމެނެނީ 14 އަހަރުގެ ކުއްޖެއްކަން އެނގިފައިވާކަމަށެވެ. އެ ކުއްޖާ ރޭޕް ކޮށްފައިވަނީ 3 މީހުންގެ ގްރޫޕަކުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިވަނީ މިއަދުކަމަށާއި، މީގެތެރޭގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ފިރިހެނެއްގެއިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ތަޙްޤީޤުން ތުހުމަތުކުރެވޭ އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދެކުނުގެ ރަށެއްގައި 2 އަހަރުނުވާ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވި ހިސާބުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މިފަދަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިއާއެކު މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ބަލަމުންނެވެ. އަދި ސަރުކާރާއި ޝަރުއީ ދާއިރާއިންވެސް ވަނީ މިފަދަ މައްސަލަތައް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.