ޚަބަރު

ހެލްތް ސްކްރީނިން ހެދުމަށް އައިޖީއެމްއެޗަށް ގެންދިޔަ ޤައިދީއަކު ފިލައިފި


ހެލްތް ސްކްރީނިން ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ޤައިދީއަކު ފިލައިފިއެވެ.

ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ފިލާފައިވަނީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ކަމަށެވެ. އޭނާ ފިލާފައިވަނީ މިއަދު ހެނދުނު ހެލްތް ސްކްރީން ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ހުއްޓާ ހެނދުނު 8:24 އެހާއިރުކަމަށް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ.

ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރުކުރަމުންދާކަމަށާ އެކަން ހިނގާދިޔަގޮތް ބަލަމުންދާކަމަށްވެސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއެވެ. މިމައްސަލައިގައި ކަރެކްޝަނަލް ސަރވިސްއަށް އެހީތެރިކަން ފޯރުކޯށްދެމުންދާކަން ފުލުހުންވެސް ވަނީ ހާމަކުރައްވާފައެވެ.