ސިއްހަތު

ޞިއްޙީ މަރުކަޒު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން


ތިން ރަށެއްގެ ޞިއްޙީ މަރުކަޒު މަރާމާތުކުރުމާއި ނުނިމި ހުރި މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.ހެލްތް މިނިސްޓްެރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޅ ކުރެންދުއާއި  އ.ދ އޮމަދޫ ހެލްތް ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑަރ ޕްރައިވެޓް ލިމިޓެޑާއެވެ. ތ އަތޮޅު ބުރުނީ ހެލްތް ސެންޓަރަށް އިތުުރުކުރާބައިގެ ނުނިމިހުރި  މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޓަރލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.މި ތިން ތަނުގެ މަސައްކަތަށް ގާތްގަޑަކަށް 2.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރ އާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ މަސައްކަތް ނިންމަން ޙަވާލުކުރި މުއްދަތަށް މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރ ގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. ކުރެންދޫއާއި އ.ދ އޮމަދޫ ހެލްތް ސެންޓަރުތައް މަރާމާތުކުރުމަށް ހަތްދިހަ ދުވަސް ހޭދަވާނެކަމަށް ކޮންޓްރެކްޓްގައި ބުނެފައިވެއެވެ.  ބުރުނީ ހެލްތް ސެންޓަރ ގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ސަތޭކަ ފަންސަވީސް ދުވަސް ހޭދަވާނެއެވެ.