ވިޔަފާރި

ބީއެމްއެލް މޮބައިލް ބޭންކިންގ އެޕަށް އާންމުންގެ ބޮޑު ތަރުހީބެއް


ބޭންކް އޮފް މޯލްޑިވްސް އިން ދާދިފަހުން
ލޯންޗްކުރި މޮބައިލް ބޭންކިންގ އެޕްލިކޭޝަނަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ
ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.



ބީއެމްއެލްއިން
ބުނީ  އެޕްލިކޭޝަން ލޯންޗް ކުރި
ފަހުން މިވީ ހަފްތާއެއްހާ ދުވަހުގެތެރޭގައި 21،000 އަށް ވުރެ ގިނަ ކަސްޓަމަރުން އެ އެޕް ޑައުންލޯޑްކޮށްފައިވާ ކަމަށެވެ. ގޫގްލް ޕްލޭ ސްޓޯރއާއި އެޕަލް އެޕް ސްޓޯރގައި 4.7 ގެ އެވެރެޖް ރޭޓިންގ އެއްވެސް ބީއެމްއެލް މޮބައިލް
ބޭންކިންގ އެޕަށް ވަނީ ލިބިފައެވެ.

މި އެޕް
މެދުވެރިކޮށް ކަސްޓަމަރުންނަށް ސިކުންތުކޮޅެއްތެރޭ އެކައުންޓް ބަލާލުމާއި
ޓްރާންސްފަރ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބެއެވެ. އަދި މީގެ
އިތުރުން އެންމެ ކައިރީގައިވާ ބްރާންޗް ނުވަތަ އޭޓީއެމް ހުރިތަން ބަލާލުމުގެ
އިތުރަށް އެސްއެމްއެސް، މެއިލް ނުވަތަ ފޯނުން ބޭންކުގެ ކަސްޓަމަރ ސަރވިސް އަށް
ގުޅާލުމުގެ  ޚިދުމަތްވެސް ލިބެއެވެ.މިހާރު ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތް ބޭނުންކުރައްވާ ފަރާތްތައް، ބީއެމްއެލް އެޕް
އަށް އޮޓޮމެޓިކުން ރަޖިސްޓްރީކުރެވިފައި ކަމަށާއި މި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ގެ ހިދުމަތް ހޯދުމަށް މިހާރު ބޭނުންކުރައްވާ
ޔޫސަރނޭމް އަދި ޕާސްވޯޑް ބޭނުންކުރައްވައިގެން މި އެޕް އަށް ލޮގިންކުރެވޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.