ޚަބަރު

އިތާފުށި ކައިރިޔަށް ދޯންޏެއް އަޑިއަށްގޮސްފި


ހަތަރު މީހުނަނާއެކު ދަތުރުކުރި ކުޑަ ދޯންޏެއް މާލެއަތޮޅު ތިތާފުށިކަރިޔަށް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުންވިދާޅުވީ އެދޯނީގައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ނަގާފައިވާކަމަށާއި، އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ދޯންޏަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބުނީ 10:25 އެހާއިރުކަމަށާއި، މިކަމާއި ގުޅިގެން އެމް.އެން.ޑީ.އެފް މާލެ އޭރިއާއިން ހަރަކާތްތެރިވާންފަށާފައިވާކަމަށެވެ.