ޚަބަރު

ޤާނޫނުން ލިބިދޭ ޙައްގުތައް ކޮންމެ ދިވެއްސަކަށްވެސް ހަމަހަމަކަންމަތީ ލިބިދޭންޖެހޭ: ޤާސިމް


ޙައްޤުތައް ވަކި ޕާޓީއެއްގެ މުށުތެރޭގައި ނުގެންގުޅެ، ޤާނޫނުން ލިބިދޭ ޙައްގުތައް ކޮންމެ ދިވެއްސަކަށްވެސް ހަމަހަމަކަންމަތީ ލިބިދޭންޖެހޭކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ވިދާޅުުވެއްޖެއެވެ.

ޖުމްހޫރީީ ޕާޓީއަށް މީހުން އިތުރުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޤާސިމް ވިދާޅުވީ ވޭތުވެދިޔަ 2 ދައުރުގައިވެސް، ވެރިކަމަށް އައި ޕާޓީތަކަށް ވެރިކަަމަށް އާދެވުނީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓާއި އެކުކަމަށެވެ.

ނަމަވެސް ވެރިކަން ލިބުމަށްފަހު އެކަންކަން ހަނދާން ނެތޭކަމަށާއި، އެކި ގޮތްގޮތުން ވިލާއަށާއި ޖުމުހޫރީ ޕާޓީއަށް ފިއްތުންތައް ކުރިމަތިވާކަމަށް ޤާސިމްވަނީ ވިދާޅުވެފައެވެ.

ޤާސިމް ވަނީ ވިލާ އެއާއަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ހީނަރުކަން އައިކަމުގައިވެސް ވިދާޅުވެފައެވެ، އެކަމުގެ ސަބަބުން މުޅި ހުރީހާ ރައްޔިތުންނަށް ގެއްލުންލިބޭކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"ބައެއް އެއަރޕޯޓް ތަަކަށް ދަތުރުކުރުމުގެ ހުއްދަ ނުލިބި މިއޮތީ. އަދި ޓިކެޓްގެ އަގުތައްވެސް އަނެއްކާ ބޮޑުވިތަން ފެނުނީ." ޤާސިމް ވިދާޅުވިއެވެ..


ޤާސިމްވަނީ އައު ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި ދެކެވޭ ވާހަކަތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކަށްވެސް ޤައުމުގެ ކަންކަމުގައި ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.

ޖުމުހޫރީޕާޓީއަށް ބައެއް ބޭފުޅުން ސޮއެކުރުމަށް ބޭއްވި މިޖަލްސާގައި، ވަނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން ޚިދުމަތް ކުރެއްވި، އިމާދު ލަތީފުވެސް ވަނީ އެޕާޓީއަށް ސޮއެކުރައްވާފައެވެ.

މި ޖަލްސާފައި ޕާޓީގެ ފަރާތުން ކައުންސިލްގެ އިންތިޚާބުގެ ޕްރައިމަތީގައި ވާދަކުރާ ފަރާތްތަކުގެ ފޯމާއި، ޕާޓީއަށް އަލަށް ގުޅުނު މީހުންގެ ފޯމްތައްވަނީ ޕާޓީ އާއި ހަވާލުކޮށްފައެވެ.

އަދި އެ ޕާޓީއަކީ ސިޔާސީ ދާއިރާގައި އެންމެ ގިނަ ފުރުސަތުތައްވެސް ލިބޭނެ ޕާޓީކަމަށް ޖުމުހޫރީ ޕާޓީން ބުނެފައިވެއެވެ.