ކުޅިވަރު

ރަޝްފޯޑަށް އަނިޔާވެ ދެ މަހަށް ކުޅުމާއި ދުރަށް!


މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް އަނިޔާވެ ދެ މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މި ސީޒަންގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސް އަތުން އެޓީމް މޮޅުވި މެޗުގައެވެ. މި މެޗުގެ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަޝްފޯޑަށް އަނިޔާވީ އޭނާ ކުޅެން އެރިތާ ފަނަރަ މިނެޓު ފަހުންނެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ޝޮލްޝަޔާ ބުނީ ރަޝްފޯޑްގެ ބުރަކަށީގެ ކަށިގަނޑަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނަކަމަށާއި، ރަޝްފޯޑަށް އަނިޔާވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ.

ރަޝްފޯޑްވަނީ މި ސީޒަންގައި ޔުނައިޓެޑަށް މިހާތަނަށް 19 ގޯލް ޖަހާފައެވެ. އޭނާއަކީ މިވަގުތު އެ ޓީމްގެ އެންމެ ފޯމުގައި ހުރި ފޯވާޑެއެވެ. ޝޯލްޝަޔާ ބުނީ މި ސީޒަންގައި ޔުނައިޓެޑަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމްގެ މުހިންމު ކުޅުންތެރިންގެ އަނިޔާތައްކަމަށާއި، މިއީ ކޮންމެ ކޯޗަކަށްވެސް ދިމާވެދާނެ އުނދަގޫ ހާލަތެއްކަމަށެވެ.

ރަޝްފޯޑަށް މި ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ފޯވާޑެއް ގަނެފާނެތޯ އެހުމުން ޝޮލްޝަޔާ ބުނީ ކުޅުންތެރިއަކު ގަތުން ގާތީ ކުރު މުއްދަތަކަށްކަމަށާއި، ދިގު މުއްދަތަކަށް ކުޅުންތެރިން ހޯދާނީ ހޫނު މޫސުމުގެ ޓްރާންސްފަރގައިކަމަށެވެ.