ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައްވައިފިއެވެ.

މި ފުރުޞަތު ހުޅުވާލައްވައިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު މިއަހަރުގެ މާރޗް މަހުގެ 23އަށް ހަމަވާތީއެވެ. އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މަޤާމުގެ މުއްދަތު އޭޕްރީލް މަހުގެ 23ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންގެ ދައުރު މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ. އެގޮތުން ކޮމިޝަންގެ ރައީސްގެ މެމްބަރުކަމުގެ މުއްދަތުވެސް މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަމްޖަދުގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމާއި ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މެމްބަރުކަމުގެ މަޤާމަށް ފުއާދު ތައުފީޤް ވަނީ އައްޔަންކުރައްވާފައެވެ.

ކޮމިޝަނަށް މެމްބަރަކު ކަނޑައެޅިގެންދާނީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަންތަކެއް މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ރުހުން ދެއްވާ ބޭފުޅަކަށެވެ.