ޚަބަރު

ޖުމުލަ 93،000އަށްވުރެ ގިނަ މީހުންނާއެކު އެމްޑީޕީގެ ޕްރައިމެރީގެ ވޯޓާސްލިސްޓް ޢާންމުކޮށްފި


މިމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް ޢާންމުކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލެވޭ އެޕާޓީގެ އާންމު މެމްބަރުންގެ ލިސްޓް ޢާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. ލިސްޓާއިގުޅޭ އެއްވެސް ޝަކުވާއެއްވާނަމަ ޕާޓީގެ ވެބްސައިޓްގައިވާ ޝަކުވާ ހުށަހަޅާ ފޯމް ފުރުމަށްފަހު ޕާޓީއޮފީހަށް ނުވަތަ ޕާޓީގެ މެއިލްއަށް ފޮނުވުމަށް އެމްޑީޕީންވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓްސް ލިސްޓްގައި ނުވަދިހަ ތިން ހާސް އެއް ސަތޭކަ ތިރީސް ނުވަ ބޭފުޅަކަށް ވޯޓްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ލިބޭ ޝަކުވާތައް ބެލުމަށްފަހު މި އަދަދަށް ބަދަލުތަކެއް އައުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެޕާޓީން ބުނެއެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އެއް ހާސް ތިން ސަތޭކަ އަށާވީސް ކެންޑިޑޭޓުން ވާދަކުރެއެވެ. އެންމެ ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރައްވަނީ ރަށު ކައުންސިލްތަކުގެ އިންތިޚާބްގައެވެ. އެއިންތިޚާބުގައި އެއް ހާސް ފަސްދޮޅަސް ހަތް ކެންޑިޑޭޓުން ވާދަކުރެއެވެ. އަތޮޅު ކައުންސިލް އިންތިޚާބްގެ ޕްރައިމަރީގައި ފަންސާސް ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު ސިޓީކައުންސިލްތަކުގެ ޕްރައިމަރީގައި ސަތޭކަ އަށް ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެންޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާއިރު، ކައުންސިލް އިންތިޚާބަށް އަމާޒުކޮށްގެން ޕާޓީގެ ލީޑަރޝިޕުންވަނީ ތިލަދުންމަތީގައި ޚާއްސަ ކެންޕެއިން ހަރަކާތެއް ބާއްވަފައެވެ.