ޚަބަރު

މާމެންދޫ ގޮނޑުދޮށަށް ގޮތްނޭގޭ ޕާރުސަލްތަކެއް ލައްގައިފި


ގއ.މާމެންދޫ ގޮނޑުދޮށަށް ގޮތްނޭގޭ ޕާރުސަލްތަކެއް ލައްގައިފިއެވެ.

ފުލުހުން ވިދާޅުވީ އެރަށު ދެކުނު ފަރާތު ގޮނޑުދޮށަށް ގޮތް ނޭގޭ 44 ޕާރުސަލެއް ލައްގާފައިވާކަމަށެވެ. އަދި އެ ޕާރުސަލްތަކުގައި ހުރި ތަކެތި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއާއި ފޮޓޯއިން ފެންނަ ގޮތުގައި މި ޕާރުސަލްތަކުގައި ހުރީ ހިކި ފަތްކަހަލަ އެއްޗެކެވެ. ދާދިފަހުންވެސް ރަށެއްގެ ފަޅުތެރެއިން ގޮތް ނޭގޭ ފަތްތަކެއް އަޅާފައިއޮތް ގޯންޏެއް ވަނީ ފެނިފައެވެ.