ޚަބަރު

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައުއިމަރާތުގެ ބިންގާ އަޅުއްވާދެއްވައިފި


ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައުއިމަރާތުގެ ބިންގާ އަޅުއްވާއި ދެއްވައިފިއެވެ. މިއިމަރާތުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބެއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ހއ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ވަށަފަރު ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ ބިން ވަނީ ހަވާލުކޮށްދެއްވާފައެވެ.

މިބިމާ ހަވާލުވެވަޑައިގަތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޢަބްދުލްވާޙިދު އިބްރާހީމް އެވެ.

ބިން ހަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ރައީސް މުޙައްމަދު ވަހީދު ޙަސަންއެވެ. ހއ. ވަށަފަރު މެޖިސްޓްރޭޓް ކޯޓު މިހާރު ހިނގަމުންދަނީ ކައުންސިލް ހުންނަ އިމާރާތެއްގައެވެ.