ކުޅިވަރު

ހާލަންޑްގެ ހެޓްރިކުން ޑޯޓްމުންޑް ހަތަރަކަށް


ޓީމާ އަލަށް ގުޅުނު ފޯވަޑް ހާލަންޑްގެ ހެޓްރިކާއެކު އޯގްސްބާގް 5-3އިން ބަލިކޮށް ބޮރޫޝިޔާ ޑޯޓްމުންޑް ޖަރުމަނު ލީގުގެ ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ނުގޮސް ޑޯޓްމުންޑަށް ސޮއިކުރި ފޯވަޑް ހެޓްރިކް ހެދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އެންމެ 23 މިނިޓް ތެރޭގަ އެވެ.
ނަމަވެސް މެޗަށް ފަހު ހާލަންޑް ބުނީ ހެޓްރިކް ހެދުނު ސަބަބެއް ނުވިސްނޭ ކަމަށާއި އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ރަނގަޅު ކުލަބެއްގައި. އަހަރެންގެ ވަށައިގެން މިތިބީ އެހާމެ ރަނގަޅު ބަޔަލު. އަހަރެން މި ތަނަށް މިއީ ގޯލު ޖަހަން. އަހަރެންފެ ފުރަތަމަ މެޗުގެ ފެށުމާމެދު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" ހާލަންޑް ބުންޏެވެ.

މި މެޗުގައި ޑޯޓްމުންޑަށް ދެން ލަނޑު ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ސަންޗޯ އާއި ބްރާންޓެވެ. މި ނަތީޖާއާއެކު ޑޯޓްމުންޑް ހަތަރުވަނާގައި އޮތީ 33 ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ 40 ޕޮއިންޓާއެކު ލީޕްޒިގެވެ.

އުމުރުން 19 އަހަރުގެ ހާލާންޑް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް 8 ގޯލު މިހާތަނަށް ޖަހައިފަ އެވެ. މިއީ މުބާރާތުގައި މިފަހަރު ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ރޭގެ ހެޓްރިކަކަކީ މި ސީޒަނުގައި އޭނާގެ ހަ ވަނަ ހެޓްރިކެވެ.