ދުނިޔޭގެ އެންމެ ކުރު މީހާގެ ރެކޯޑް އޮންނަ ނޭޕާލުގެ ކަގެންދްރަ ތާޕާ މަގަރް މަރުވެއްޖެއެވެ. އޭނާ މަރުވީ އުމުރުން 27 އަހަރުގައި ނިއުމޯނިއާއަށް ފަރުވާދެނިކޮށެވެ. އޭނާގެ އިސްކޮޅަކީ 2 ފޫޓާއި 2.41 އިންޗިއެވެ.
ކަގެންދްރަށް ދުނިޔޭގެ އެންމެ ކުރު މީހާގެ ލިބުނީ އޭނާގެ 18ވަނަ އުފަން ދުވަހުއެވެ. 2010ވަނަ އަހަރު ދުނިޔޭގެ އެންމެ ކުރު މީހާގެ ލަގަބު ލިބުނު ކަގެންދްރަ ބުނެފައިވާގޮތުގައި އޭނާއަކީ ކުރު މީހެއްކަމަށް ޤަބޫލުނުކުރާކަމަށާއި އޭނާއަކީ ބޮޑު މީހެއްކަމަށެވެ. ނަމަވެސް،، އޭނާއަށް ލިބުނު ލަގަބު ބޭނުންކޮށްގެން އޭނާގެ އާއިލާއަށް ގެއަކާއި ރަގަލު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާކަމަށެވެ.
އެންމެ ކުރު މީހާގެ ލަގަބާއިއެކު ކަގެންދްރަވަނީ ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ދަތުރުކޮށް،، އެކި ޓީވީ ޕްރޮގްރާމުތަކުގައި ބައިވެރިވެފައެވެ. އަދި އޭނާވެފައިވަނީ ނޭޕާލުގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އެންމެ ގިނައިން ބޭނުންކުރެވޭ މޫނަށެވެ.
ގިނިސް ވޯލްޑް ރެކޯޑުން ކުރު މީހުން ކަނޑައަޅާ 2 ގޮތެއް އޮވެއެވެ. އެއީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއާއި ނުހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ. މީގެ ތެރެއިން ކަގެންދްރައަކީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ. ނުހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހަކީ ފިލިޕީންސްގެ ޖުންރޭ ބަލަވިންގެވެ. އޭނާގެ އިސްކޮޅަކީ 1.96 ފޫޓެވެ.
ކަގެންދްރަ މަރުވުމުން ދުނިޔޭގެ އެންމެ ކުރު މީހަކީ ކޮލޮންބިއާގެ 2.3 ފޫޓެވެ.