ވިޔަފާރި

މޯލްޑިވްސް މާކެޓަރސް ފޯރަމް ފަށައިފި


މާކެޓިންގ ތަޖުރިބާކާރުންނާއެކު މިއަހަރުގެ މޯލްޑިވްސް މާކެޓާސް ފޯރަމް ފަށައިފިއެވެ.

މި ފޯރަމް ކުރިއަށްދާނީ މިއަދުގެ ނިޔަލަށް އެމްއެންޔޫ ބިޒްނަސް ސްކޫލުގައެވެ.

މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ޙަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ދަށުން ހިންގާ، ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީން ކުރިއަށްގެންދާ ފޯރަމެކެވެ.

މިއަހަރުގެ ފޯރަމްގައި "ޑިޖިޓަލް މާކެޓިންގ"ގެ ދާއިރާއާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދީފައިވެއެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދިނުމަށް ބޭރުގެ ތަޖުރިބާކާރުންނާއި ކީ-ނޯޓް ސްޕީކަރުން ބައިވެރިވެ މި ދާއިރާގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ފޯރަމްގެ އެންމެ ޚާއްސަކަމެއްގެ ގޮތުން ނެދަލޭންޑްގެ މާކެޓިންގ އެކްސްޕާޓެއްކަމަށްވާ ޕްރޮފެސަރ ވިލިއަމް ސްމިތް މި ފޯރަމްގައި ބައިވެރިވެ މާކެޓިންގ އުކުޅުތަކާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ވެސް މި ފޯރަމްގައި ރާއްޖޭގެ މަޝްހޫރު ބައެއް ބްރޭންޑްތައް މާކެޓިންގައި އުޅުއްވާ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީން ބާއްވާ މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒުކޮށްގެން ސީ.އެމް.އޭއިން ރާއްޖޭގައި ބާއްވާ ތިންވަނަ ފޯރަމެވެ.