ކުޅިވަރު

ސާންތި އާއެކު އޭދަފުށީ ޓީމްގެ ފަރިތަކުރުންތައް ފަށައިފި


އިޙްސާން އަބްދުލް ޢަނީ (ސާންތި) އާއެކު އޭދަފުށީ ފުޓްބޯޅަ ޓީމްގެ ފަރިތަކުރުންތައް އިއްޔެ ފަށައިފިއެވެ.

އޭދަފުށީ ރަސްމީ ޓާފް ދަނޑުގައި ކުރިއަށްދިޔަ މި ޕްރެކްޓިސްގައި އޭދަފުށީ ޓީމްގެ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ކްލަބުން ބުނީ ހަފްތާއަކު 4 ދުވަހު ފަރިތަކުރުންތައް ކުރިއަށްގެންދާނެކަމަށާ، މި ހަފްތާގެ ފަރިތަކުރުންތައް ކުރިއަށްދާނީ ކުޅުންތެރިންނާ ކޯޗާ ގުޅުންބަދަހިކޮށް ކުޅުންތެރިން ދެނެގަތުމަށްކަމަށެވެ.

މި ފަރިތަކުރުންތަކުގައި ބައިވެރި ވުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ސާންތީ އޭދަފުށީ ފުޓްބޯޅަ ޓީމާ ހަވާލުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ސާންތީގެ ކޯޗު ކަމުގެ ދަށުން މިއަހަރު އޮންނަ އެފްއޭ ކަޕް އަދި ޖަޒީރާ ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށި ވާދަކުރާނެއެވެ.

އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާ، ފުޓްބޯޅައިގެ ހުނަރުވެރިންތިބި ތަނަކަށް ކޯޗްކޮށްދިނުން މީ ކޯޗިން ކެރިއަރގައި ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް ސާންތީ ވަނީ ބުނެފައެވެ.

ކްލަބް އޭދަފުށިން އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށްކުރަމުންގެ ދާ މަސައްކަތުގެ ދަށުން މިއަހަރު ފުޓްބޯޅައިގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ދަނީ ރާވަމުންނެވެ.